ކުނި މެނޭޖުކުރުން

ބޮޑެތި ޑްރެޖަރުތަކުން ހިއްކާ ބޮޑެތި ބިން: ބޮޑެތި ގެއްލުން؟

ލިޔުނީ: Asima Nizar 25 Jun 2026
ބޮޑެތި ޑްރެޖަރުތަކުން ހިއްކާ ބޮޑެތި ބިން: ބޮޑެތި ގެއްލުން؟

ރާއްޖެއަކީ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑު ގައުމަކަށް ވުމުން، ގެދޮރުވެރިކަމާއި އިގްތިސާދީ ބޭނުންތަކަށް ބިން ހިއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. ދާދިފަހުން އާންމުވި ދިރާސާތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 24 އަހަރުތެރޭގައި ރާއްޖެއިން ވަނީ ޔޫރަޕާއި އެފްރިކާ އެއްކޮށްލުމުން ހިއްކުނު ބިމަށްވުރެ ގިނައިން ބިން ހިއްކާފައެވެ. ނަމަވެސް، މި ތަރައްގީއާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ "ބިން ހިއްކުމުން ތިމާވެށްޓަށް ގެއްލުންވޭހެއްޔެވެ؟ "

ތިމާވެށީގެ ރިޕޯޓްތަކަށް ބަލާއިރު، ބިން ހިއްކުމުގެ ސަބަބުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ފަރުތަކާއި މުރަކަ ހަލާކުވުން

ކަނޑުގެ އަޑިން ވެލި ނެގުން އަދި ފަޅުފަޅަށް ވެލިއެޅުމުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު ކިލަނބުވެ، ކަނޑުއަޑީގައި ޗަކަ ފުނިފުނި އުފެދެއެވެ. މިގޮތަށް އުފެދޭ ތަންތަން ކައިރީގައި ހުންނަ ފަރުތަކުގެ މުރަކަތަކުގެ މައްޗަށް ފެތުރި، މުރަކަ މަރުވެއެވެ.

  • ގުޅީފަޅާއި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތައް ހެކްޓަރެއްގެ މުރަކައާއި މޫދުވިނަ ވަނީ މި ސަބަބާ ހުރެ ސުންނާފަތިވެފައެވެ.

ކުޅިތަކާއި ޗަސްބިންތައް ނެތިދިއުން

ރަށްރަށުގެ ބިން ހިއްކާއިރު، ގިނަ ފަހަރަށް ރަށުގައި ހުންނަ  ކުޅި ފަދަ ސަރަހައްދުތައް ބައްދާލެވެއެވެ. މިސާލު: ގދ. ހޯނޑެއްދޫ އަދި ކުޅުދުއްފުށި

  • ކުޅިތަކަކީ ވާރޭވެހިގެން ފުރޭ ފެންގަނޑު ހިފަހައްޓައިދޭ، ރަށުގެ "ސްޕޮންޖް" އޭ ބުނެވިދާނެއެވެ.

  • މީގެ އިތުރުން މިއީ ގުދުރަތީ ގޮތުން ރަށަށް ލިބޭ ރައްކާތެރިކަމެކެވެ. ކުޅިތައް ނެތިދިއުމުން ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަ އިންތިހާއަށް އިތުރުވެއެވެ

ގުދުރަތީ އައްސޭރިފަށް ހަލާކުވުމާއި ރަށް ގިރުން

ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމާއަތްތަކުގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގޮތުން، ރަށެއްގެ ވަށައިގެންވާ އޮއިވަރާއި ރާޅު ދަތުރުކުރާ ގޮތް ބެލުމެއް ނެތި ބިން ހިއްކުމުން، ރަށުގެ ގުދުރަތީ ދިފާއީ ނިޒާމު ގެއްލިގެންދެއެވެ.

"ބިން ހިއްކާ ގިނަ ރަށްރަށުގައި ކުރިއަށްވުރެ ބޮޑަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެ، ރަށުގެ ފެން ފަށަލަ ތަޣައްޔަރުވެ، ލޮނުވުމަށް މެދުވެރިވެއެވެ." އެ ރިޕޯޓުގައިވެއެވެ.

މަސްވެރިކަމާއި ފަތުރުވެރިކަމަށް ހީނަރުކަން އައުން

ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ކަނޑުގެ ދިރުންތަކުގެ މައްޗަށެވެ. ބިން ހިއްކުމުގެ ސަބަބުން މަސްތަކުގެ މާހައުލުތައް ހަލާކުވެ، އެ ސަރަހައްދުތަކުން މަސްމަހާމެހި މަދުވެއެވެ. ހަމައެއާއެކު، ފަތުރުވެރިން ޝައުގުވެރިވާ ފަދަ ރީތި ފީނާ ސަރަހައްދުތައް އިކޯސިސްޓަމް ދައުރުކުރަންޖެހޭ ހަމައިން ނެއްޓި، ފަރުތަކުގެ ކުލަ ފަނޑުވެގެންދެއެވެ.

 ޚުލާޞާ

ބިން ހިއްކުމަކީ ރާއްޖޭގެ އާބާދީ އިތުރުވަމުންދާތީ ބޭނުންތެރި ކަމެއް ކަމަށް ވިޔަސް، ސައިންޓިފިކް އަދި ތިމާވެށީގެ ހަރުދަނާ ދިރާސާތަކެއް ނުހަދާ، އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައބޭނުންނުކޮށް މިކަން ކުރުމަކީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖޭގެ ނާޒުކުކަން އިތުރަށް ބޮޑުވެ، މުސްތަގުބަލުގައި ދިރިނޫޅެވޭ ފަދަ ތަނަކަށް ރަށްތައް ވުމަށް މަގުފަހިވެދާނެކަމެއްކަމަށް ތިމާވެށީގެ މާހިރުން ބުނެއެވެ.ވ ތަރައްގީ ހޯދަންވާނީ ގުދުރަތީ ރީތިކަމާއި ދިފާއު ގުރުބާން ނުކޮށެވެ.

 

ލިޔުންތެރިޔާ

Asima Nizar

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ވީޑިއޯ ލިންކްސް
ކުނި މެނޭޖުކުރުން 25 Jun 2026

ވީޑިއޯ ލިންކްސް

މާލޭގެ މަގުތަކުގެ ޖާގައަށްވުރެ އުޅަނދުފަހަރު އިތުރުވުން: ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް
ކުނި މެނޭޖުކުރުން 25 Jun 2026

މާލޭގެ މަގުތަކުގެ ޖާގައަށްވުރެ އުޅަނދުފަހަރު އިތުރުވުން: ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް

މާލޭގެ މަގުތަކުގެ ޖާގައަށްވުރެ އިތުރަށް އުޅަނދުފަހަރު ގިނަވަމުންދާއިރު، މިކަން ހަރުދަނާ ނިޒާމެއްގެ ދަށުން ކޮންޓްރޯލްކުރާނެ ސާފު ސިޔާސަތެއް ނެތުމުގެ ސަބަބުން، މަގުތައް ތޮއްޖެހުމާއި ތަޣައްޔަރުވުމުގެ މައްސަލަތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ ސަބަބުން ވައިގެ ފެންވަރު ދަށްވެ، ވިހަ ގޭސް ބޭރުވާ މިންވަރު އިތުރުވުމަކީ އާންމު ސިއްހަތަށާއި ވެރިރަށުގެ ދިރިއުޅުމުގެ މުސްތަގުބަލަށް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ ނުރައްކާތެރި ގޮންޖެހުމެކެވެ

އަމިއްލަ ވެށި ހަލާކުކޮށްލައިފި
ކުނި މެނޭޖުކުރުން 15 Jun 2026

އަމިއްލަ ވެށި ހަލާކުކޮށްލައިފި

ތިމާވެށި ހިމާޔަތްކުރަން އަމިއްލައަށް ވެސް ބައިވަރު ކަންކަން ކުރެވޭނެ އެވެ. އެކަމަކު، އަމިއްލަ ޒިންމާއެއް ނެތި، ހުރިހާ ކަމެއް ހަލާކުކޮށްލައިފި އެވެ.